ކުޅިވަރު

ޕޯޓޯގެ ކޯޗިން ޓީމުން ކަސިޔަސްއަށް މަގާމެއް

ޕޯޓޯގެ ގޯލް ކީޕަރު، އިކާ ކަސިޔަސް އަށް ހާޓް އެޓޭކެއް ކުރިމަތިވިތާ ދެ މަސް ފަހުން އެ ޓީމުގެ ކޯޗިން ޓީމުގެ މަގާމެއް އޭނާ އާ ހަވާލު ކޮށްފި އެވެ.

ކަސިއަސްއަށް ޕޯޓޯގެ މަގާމެއް ހަވާލު ކުރީ އޭނާއަށް ކުރިމަތިވި ހާޓް އެޓޭކަށް ފަހު އެކަމުން ލިބުނު ގެއްލުންތަކުން އަރައި ގަނެވެން ދެނެވެ. ރަސްމީކޮށް ކުޅުން ހުއްޓާލި ކަމެއް ކަސިޔަސް އިއުލާން ކޮށްފައެއް ނުވެ އެވެ.

ކަސިޔަސްގެ އާ މަގާމުގެ ޒިންމާއަކީ، ޓީމުގެ ކުޅުންތެރިންނާއި ކޯޗުގެ ފަރާތުން މެނޭޖުމެންޓާ އޮންނަން ޖެހޭ ގުޅުމުގެ ތެރެއިން ދެ ފަރާތުން ބޭނުންވާ ކަންކަން މެނޭޖުމެންޓާ ހަމައަށް ގެންދިއުމެވެ.

ޕޯޓޯގެ ޓްރެއިނިންގައި އުޅެނިކޮށް، ކަސިޔަސް 38، އަށް ހާޓް އެޓޭކެއް ކުރިމަތިވީ މިދިޔަ އޭޕްރީލް މަހު އެވެ.

ކުރިން ރެއާލް މެޑްރިޑަށް ކުޅުނު ކީޕަރު ވަނީ، ލަލީގާ ޗެމްޕިއަންކަން ފަސް ފަހަރު މަތިން އެޓީމަށް ހޯދައި ދިނުމަށް އެހީތެރި ވެފަ އެވެ. ސްޕެއިންއިން 2010 ވަނަ އަހަރު ވޯލްޑްކަޕް ހޯދިއިރު ކަސިޔަސް އަކީ އެ ޓީމުގެ ކެޕްޓަނެވެ.