އާސެނަލް

އާސެނަލްއިން އޮޒިލް ވިއްކާލަން ވެއްޖެ: އޯވާމާސް

އާސެނަލްއިން އެ ޓީމުގެ މީޑްފީލްޑަރު އޮޒިލް ވިއްކާލުމަށް ފަހު އޭނާގެ މަގާމަށް، އަޔެކްސްގެ ހާކިމް ޒިޔެކް ގެންނަން، އާސެނަލްގެ ކުރިގެ ކުޅުންތެރިޔާ މާކް އޯވާމާސް އަސެނަލްއަށް ލަފާ ދީފި އެވެ.

އޮޒިލް އަކީ، އާސެނަލްގެ އެންމެ މަޝްހޫރު އެއް ކުޅުންތެރިޔާ އެވެ. ނަމަވެސް މިދިޔަ ސީޒަންގައި އާސެނަލްގައި އޮޒިލް އަށް ފުރުސަތު ލިބިފައި ވަނީ މަދުންނެވެ. މިހާރުގެ ކޯޗް އުނައި އެމެރީގެ ކޯޗް ކަމުގެ ދަށުން ނިމިދިޔަ ސީޒަންގެ ޕްރިމިއާ ލީގްގައި ފުރަތަމަ 11 ގައި އޮޒިލް ކުޅެފައި ވަނީ 20 މެޗެވެ.

އާސެނަލްއަށް 100 އަށް ވުރެ ގިނަ މެޗު ކުޅުނު، ވިންގާ އަދި މިހާރު އަޔެކްސްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު އަދާ ކުރުމުން އަންނަ، އޯވާމާސް ބުނީ އޮޒިލް ވިއްކާލުމަށް ފަހު މޮރޮކޯގެ ގައުމީ ޓީމުގެ ޒިޔެކް ގެންދިއުމަށް އޭނާ އާސެނަލްއަށް ލަފާ ދީފައި ވާނެ ކަމަށެވެ.

އޯވާމާސް ބުނީ ޒިޔެކް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކަމަށެވެ. އެހެން ކުލަބުތަކުން ޒިޔެކް އާ މެދު ޝައުގުވެރިވާއިރު ވެސް، އެކަމާ އަޅާ ނުލައި އަސްނަލްގެ ހަރަކާތްތައް ލަސްކޮށް ފެންތީ ހައިރާންވާ ކަމަށެވެ.

"އެމީހުން މާ ބޮޑަށް ބަލާ އަދަދު ތަކަށް އޭނާ ދައްކާ ކުޅުމަށް ވުރެ،" އޮޒިލް އާ ބެހޭޣޮތުން ވާހަކަ ދައްކަމުން އޮވާމާސް ބުނެފި އެވެ. "އަހަންނަށް ހީވަނީ ހާކިމް ޒިޔެކް މާ ރަނގަޅަށް ކުޅޭހެން އޮޒިލްއަށް ވުރެ."

އޭނާ ބުނީ އޮޒިލް ވިއްކާލައިގެން ލިބޭ ފައިސާގެ ދެ ބައި ކުޅަ އެއްބައިގެ އަގަކަށް ޒިޔެކް ގަނެވޭނެ ކަމަށާއި ނަމަވެސް އެ ވާހަކަ އަޑުއަހަން އާސެނަލް ބޭނުން ނުވާ ކަމަށެވެ.

މިދިޔަ ސީޒަންގެ، ޗެމްޕިއަންސް ލީގް ސެމީ ފައިނަލާ ހަމައަށް އަޔެކްސް ގެންގޮސް ދިނުމަށް ޓަކައި ޒިޔެކް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.