ދިރާގުން މިނިވަން ދުވަހަށް ދިން ހަދިޔާ ކުޑައެއް ނޫނެވެ. ވަރަށް ހާއްސަ އެވެ. އެ ކުންފުނިން މިވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ކޮންމެ ކަސްޓަމަރަކަށް މުޅިން ހިލޭ ދެ ޖީބީގެ ޑޭޓާ ދީފަ އެވެ. އަދި "މިނިވަން 50" އަށް ހާއްސަ ޕްރިޕެއިޑް ކާޑު ސެޓެއްވެސް ނެރެފެ އެވެ. މި ކާޑުތައް ވަރަށް ސަޅި އެވެ.
ދިރާގުން މިނިވަން ދުވަހަށް އެކަނި މި ތައާރަފުކުރި ހަދިޔާ ހޯދަން ވަކި ކަމެއް ކުރާކަށް ނުޖެހެ އެވެ. އެ ކުންފުނީގެ ކަސްޓަމަރުންނަށް ރާސްލާފައި އެ ހަދިޔާ ތިއޮށް ގެން ލިބުނީ އެވެ. ކޮންމެ މީހެއްގެ ފޯނަށްވެސް އޮޓަމެޓިކުން ދެ ޖީބީގެ ހިލޭ ލިބޭނެ އެވެ.
"މި ހޯދަން ވަކިކަމެއް ކުރާކަން ނުޖެހޭނެ. ޕްރިޕެއިޑް ކަސްޓަމަރުންނާއި ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް ވެސް ލިބޭނެ،" ދިރާގު އެސިސްޓަންޓު މެނޭޖާ ޕަބްލިކްރިލޭޝަންސް އިމްޖާދް ޖަލީލު މިއަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފަދަ "ހަދިޔާއެއް" ދިނީ މިވަގުތަށް ބޭނުންކުރެވޭ އެއްޗަކަށް ވާތީ ކަމަށެވެ.
"މި ވަގުތަށް އެންމެ ބޭނުންވާނީ ޑޭޓާ. އެހެންވެ މި ދިނީ،" އިމްޖާދު ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ބިޔަ މޮބައިލް ކޮމިއުނިކޭޝަން ކުންފުނިން މިނިވަން ދުވަހުގެ މުނާސަބަތުގައި މިވަނީ އެ ކުންފުނީގެ ޕްރިޕެއިޑް ކާޑުތައްވެސް މިނިވަން 50 އާ ގުޅޭގޮތަށް ޒީނަތްތެރިކޮށްފަ އެވެ. މިނިވަން 50 ގެ ލޯގޯ އާއި ގައުމީ ކުލަތައް ހިމެނޭ އާ ސީރީޒެއްވެސް މިވަނީ ނެރެފަ އެވެ.
"މިއީ އާ ސީރީޒެއް. ކުރިއަށް އޮތްތަނުގައި އެހެން ބައިތައް ފެނިގެން ދާނެ،" އިމްޖާދު ވިދާޅުވި އެވެ.
ދިރާގަކީ އަބަދުވެސް މިފަދަ ތަފާތު ހަދިޔާތައް ދޭ ކުންފުންޏެކެވެ. އެ ކުންފުނިން މިނިވަން ދުވަހަށް ދިން ހަދިޔާވެސް އެހާ ސަޅި އެވެ.