ހަބަރު

މަސްތުވާތަކެއްޗާއެކު ދެމީހަކާއި ކުޑަކުއްޖަކު ހައްޔަރުކޮށްފި

Jul 17, 2019
2

ހެންވޭރު ގެއަކުން މަސްތުވާތަކެއްޗާއެކު ދެމީހަކާއި ކުޑަކުއްޖަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މަސްތުވާތަކެތި ވިޔަފާރި ކުރާ ކަމަށް މައުލޫމާތު ލިބިގެން އިއްޔެ ހެންވޭރު ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ދެމީހަކާއި ކުޑަކުއްޖެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެކެވެ. ކުޑަކުއްޖާގެ އުމުރު ފުލުހުން ހާމަކޮށްފައެއްނުވެ އެވެ.

ފުލުހުން ބުނީ އެގެ ބަލައި ފާސްކުރިއިރު އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި ހޯދާފައިވާ ކަމަށެވެ. އެމައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.