ހަބަރު

މެކްސްކޮމް އިން ކަސްޓަމަރުންނަށް ވޯކްޝޮޕެއް ބާއްވައިފި

މެކްސްކޮމް ޓެކްނޮލޮޖީސް އިން ކަސްޓަމަރުންނަށް ހާއްސަ ވޯކްޝޮޕެއް ބާއްވައިފި އެވެ.

ހޮޓަލް ޖެންގައި މިއަދު ހެނދުނު 9:00 އިން މެންދުރު 1:00 ކުރިއަށް ގެންދާ ވޯކްޝޮޕްގައި މައުލޫމާތު ފޯރު ކޮށްދިނުމުގެ އިތުރުން މި ވޯކްޝޮޕުގައި ބައިވެރިވާ ކަސްޓަމަރުންގެ މެދުގައި ލަކީ ޑްރޯއެއް ބާއްވާ ތިން ނަސީބުވެރިއަކު ހޮވައި ޑެލް އިން ހަދިޔާ ވެސް ދެއެވެ.

މެކްސްކޮމްގެ ޓެކްނިކަލް ސޮލިއުޝަން މެނޭޖަރު އަހުމަދު އިސްމާއީލް ވިދާޅުވީ މި ވޯކްޝޮޕަކީ މެކްސްކޮމް އިން ރާއްޖެއަށް ތައާރަފުކުރާ ފަހުގެ ޓެކްނޮލޮޖީތަކާބެހޭ ގޮތުން ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ވޯކްޝޮޕެއް ކަމަށެވެ.

ކަސްޓަމަރުންނާ ގުޅިގެން އެ ފަރާތްތަކުގެ ހިޔާލުތަކާއެކު ކުރިއަށް ގެންދާ މި ވޯކްޝޮޕްގައި އެ ކުންފުނީގެ ގިނަ އަދަދެއްގެ ކަސްޓަމަރުން ބައިވެރިވި އެވެ.

މެކްސްކޮމް އިން އަންނަނީ ކޮންމެ އަހަރަކުވެސް ޑެލްއީއެމްސީއާ ގުޅިގެން ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދޭން މިފަދަ ވޯކްޝޮޕްތައް ބާއްވަމުންނެވެ.