ހަބަރު

ބިދޭސީންގެ މައްސަލައާގުޅޭ ކޮމެޓީ ސިއްރުކޮށްފި

Jul 17, 2019

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީ ބައްދަލުވުން ސިއްރު ކޮށްފި އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާ ގުޅޭގޮތުން ކޮމިޓީއަށް ހާޒިރު ކޮށްފައިވަނީ ހޯމް މިނިސްޓްރީއާ އިމިގްރޭޝަން އަދި ލޭބާ އޮތޯރިޓީގެ ބޭފުޅުންނެވެ. އެކޮމެޓީގެ ބައްދަލުވުން ފަށާފައިވަނީ މިއަދު ހެނދުނު 10:00 ގައި އެވެ.

މީގެ އިތުރުން "ސާކް ވިޝަން 2030" މި ކަރުދާހަށް ކޮމިޓީން އެއްވެސް އިސްލާހެއް އޮތްނަމަ އެކަން ބެއްލެވުމަށްވެސް ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓް އިން ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރުންވެސް ހިމެނެ އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭންސީގެ އަދަދު އިންތިހާއަށް އިތުރުވެގެން ގޮސްފައިވާއިރު، އެމީހުންގެ ފަރާތުން ގައުމުގެ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކަލަށް ވިސްނަންޖެހޭ ކަމަށް، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ އިންޒާރު ކުރައްވާފަ އެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު 200،000 އަށް އަރާނެ ކަމަށް އިމިގްރޭޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ. ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު (ހަނަފީ) މީގެ ކުރިން ވިދާޅުވީ، ރާއްޖޭގައި ބިދޭސީންގެ އަދަދު ކޮންޓްރޯލް ކުރަން ޖެހޭ ކަމަށެވެ. އެކަން ހައްލު ކުރެވޭނީ ގައުމީ ނިސްބަތުން ވޯކް ވިސާގެ ދޭނެ އަދަދު ކަނޑައަޅައިގެން ކަމަށެވެ.