އެލައިޑް އިންޝުއަރެންސް

އިންޝުއަރެންސް ކޮންފަރެންސްއެއް އެލައިޑުން ބާއްވަނީ

އެލައިޑް އިންޝުއަރެންސާއި އެމްއެމްއޭ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަަހަރަށް ފެޑެރޭޝަން އޮފް އެފްރޯ އޭޝިއަން އިންޝުއަރަސްގެ "ފެއާ މެޑިކަލް އިންޝުއަރަންސް އަދި ހެލްތް ކެއާ ކޮންގްރެސް" ބާއްވަން ތައްޔާރުވެއްޖެ އެވެ.

ފެޑެރޭޝަން އޮފް އެފްރޯ އޭޝިއަން އިންޝުއަރަސްއަކީ އޭޝިއާ އަދި އެފްރިކާ ބައްރުގެ އިންޝުއަރެންސް އާއި ރީ އިންޝުއަރަންސްގެ މައުލޫމާތު ގައުމުތަކަށް ފޯރުކޮށްދޭ ޖަމިއްޔާއެކެވެ.

އެލައިޑުން ބުނީ މި ފެއާ ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށާއި އެ ކުންފުނިން ފޯރުކޮށްދޭ އިންޝުއަރެންސް ހިދުމަތަށް 34 އަހަރު ފުރިފައިވާއިރު މިއީ އިންޝުއަރެންސް ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ.

"އަ ވޯލްޑް އޮފް އޮޕޮޗިއުނިޓީޒް" ގެ ނަމުގައި ބާއްވާ މި ކޮންފަރެންސް އޮންނާނީ އަންނަ ހަފުތާގެ ހޯމަ، އަންގާރާގައި ޕެރެޑައިސް އައިލެންޑް ރިސޯޓުގަ އެވެ.