ލައިފްސްޓައިލް

ހުން އައުމުން ރަޖާލުމުގެ ބަދަލުގައި މި ބޭނުންކޮށްލާ!

ހުން އަންނަނީ ހަށިގަނޑުގެ ޓެމްޕަރޭޗަރު އާއްމުކޮށް ހުންނަ ވަރަށް ވުރެ މައްޗަށް ދިއުމުންނެވެ. ހަށިގަނޑުގައި ހުން ހުންނަ ނަމަ ލޮލުން ދިލަ ނަގާ ކަހަލަ އިހުސާސްވެ، ތުންފަތް ހިކި އަދި ތަފާތު އެހެން ބައިވަރު ކަންތައް ދިމާވެއެވެ. ހުން އަންނަ ނަމަ އޭގެ މާނައަކީ ހަށިގަނޑުގެ ދިފާއީ ނިޒާމުން ކޮންމެވެސް ބެކްޓީރިއާއެއް ނުވަތަ ވައިރަހެއް ހަށިގަނޑުން ނައްތާލުމަށް މަސައްކަތް ކުރާ އަލާމަތެކެވެ.

ގިނަ ހުމަކީ ނޭވާލިޒާމުގެ މައްސަލަތަކާއި ގުޅިގެން އަންނަ ހުމެވެ. އެހެންކަމުން މިފަދަ ހާލަތްތަކުގައި މީހާގެ ދިފާއީ ނިޒާމް ވަރުގަދަ ކުރުމަށް ރަނގަޅަށް ކާން އެބަވެއެވެ. އާޢްމުކޮށް މި ޖެހޭ އަރުދަފުސް ރޯގާއާއި އިންފުލެއެންޒާ ވައިރަސް ވާރޭވެހޭ މޫސުމުގައި އިތުރުވެއެވެ. އަދި ހޫނު ދުވަސްވަރު ހިރަފުހާއި މެހީގެ ސަބަބުން ބެކްޓީރިއަލް އިންފެކްޝަން އިތުރުވެ ހުން ފެތުރެއެވެ.

މި ފަދަ ހުމުން ސަލާމަތްވާނެ ގޮތްތަ ގިނަ މީހުން އަބަދުވެސް ހޯދައެވެ. މިގޮތުން ސައިންޓިފިކް ރިސާޗް އިން ދައްކާގޮތުގައި ބައެއް އެންޓިއޮކްސިޑަންޓްސް މަތި ކާނާ އިންވެސް ހަށިގަނޑުގައި އުފެދޭ އިންފެންކްޝަންތަށް މަދުކުރުމަށް އެހީތެރިވެދެއެވެ. ސައިންސްވެރިންގެ ރިސާޗް މިކަމަށް ހެކިދެއެވެ.

ހުންއައިސްގެން އުޅޭއިރު ގިނަފަހަރު އެއްވެސް އެއްޗެއް ކާކަށް ބޭނުމެއް ނުވެއެވެ. ހުންއައިސްގެން އުޅޭނަމަ ރަޖާލަައިގެން އޮތުމުގެ ބަދަލުގައި އަންނަނިވި ކާނާ ބޭނުންކުރުމުން އަވަހަށް ރިކަވަރ ވުމަށް އެހީތެރިވެދޭނެއެވެ. މިކާނާއިން ހަށިގަނޑަށް ހަކަތަ ހޯދުމަށާއި ބަލިން އަރައިގަތުމަށް ނިއުޓިރިއެންޓްސް ލިބޭނެއެވެ.

ޗިކަން ސޫޕް

ހުންއައިސްގެން އުޅޭނަމަ ޗިކަން ސޫޕެއް ބޯލުމުން ގިނަ ފައިދާތަކެއް ކުރެއެވެ. ފުރަތަމަކަމަކަށް ޗިކަން ސޫޕެއް ބޯލުމުން ހަށިގަނޑަށް ބޭނުންވާ ދިޔާތަކެތި ބުއިން އިތުރުވީއެވެ. މީގެ ސަބަބުން ހަށިގަނޑުގެ ޓެމްޕަރޭޗަރު ދަށްކުރުމަށާއި އެކި ކަހަލަ ޓޮކްސިން މަދުކުރުމަށް އެހީތެރިވެދެއެވެ. އަދި ޗިކަން ސޫޕުން ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން އިތުރުކޮށްދީ ބަލިފަސޭހަވުމަށް އަވަސްކޮށްދެއެވެ.

ބިހާއި މަސް

ހުންއައިސްގެން އުޅޭނަމަ އަވަހަށް ހުމުން ސަލާމާތްވުމަށް ހަށިގަނޑަށް ވަރަށް ގިނަ ޕްރޮޓީން ބޭނުންވެއެވެ. އެހެންކަމުން ބިހާއި ތެޔޮކަން ހުންނަ މަހަކީ އޭގައި ޕްރޮޓީން އަދި އޮމެގާ 3 އެންމެ ގިނައިން ހިމެނޭ އެއްޗެހިއެވެ. މިއީ މީހާގެ ދިފާއީ ނިޒާމް ވަރުގަދަކޮށްދޭނެ ބާވާތްތަކެވެ.

ތަރުކާރީ އާއި މޭވާ

ހަށިގަނޑަށް ބޭނުންވާ ނިއުޓިރިއެންޓްސް ހޯދުމަށް ތަރުކާރީ ވަރު އެއްޗެއް ނެތެވެ. ރަނގަޅަށް ކައްކާފައި ހުންނަ ތަރުކާރީ ކެއުމުން ބަލިވެ އުޅޭއިރު ހަޖަމުކުރުމަށް ފަސޭހަވެއެވެ. މީގެ އިތުރުން މޭވާ ކެއުމަށް ހާއްސަ ސަމާލުކަމެއް ބަލިވެ އުޅޭއިރު ދޭންވެއެވެ. ގިނަ މޭވާތަކުގައި ވިޓަމިން ސީ ގެ މާއްދާ ވަރަށް ބޮޑަށް އެކުލެވެއެެވެ. މިއީ ދިފާއީ ނިޒާމް ވަރުގަދަކުރުމަށް ވަރަށް މުހިއްމު އެއްޗެއްކެވެ. މޭވާ ކެއުމަށް އުނދަގޫ ނަމަ ތާޒާ މޭވާއިން ޖޫސް ގިރައްިގެން ބުއިންވެސް ރަނގަޅެވެ.

ގްރީކް ޔޯގަޓް

ހުން އައިސްގެން އުޅޭނަމަ ޑޮކްޓަރުން ގްރީކް ޔޯގަޓް ކެއުމަށް ބާރުއަޅައެވެ. ގްރީކް ޔޯގަޓުން ހަށިގަނޑަށް ބޭނުންވާ ރަނގަޅު ބެކްޓީރިއާ ފޮނުވާދީ އެކިކަހަަލަ އިންފެކްޝަން އުފައްދާ މައިކްރޯބްސްގެ ކިބައިން ރައްކާތެރިކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން މިއީ ޕްރޮޓީން މާއްދާ ގިނައިން އެކުލެވޭ އެއްޗެއްކަމުން ހަށިގަނޑު އަވަހަށް ރިކަވަރ ކުރުމަށް އެހީތެރިވެދެއެވެ.

ކުރުނބާފެން

ކުރުނބާ ފެނަކީ ހަށިގަނޑު ހައިޑްރޭޓް ކުރުމަށް ދެވަނައެއް ނެތް އެއްޗެެއްކެވެ. ހުންއައިސްގެން އުޅޭނަމަ ގިނައިން ދިޔާތަކެތި ބޯންވެއެވެ. އަދި ހާއްސަކޮށް ބޭރަހިނގާނަމައެވެ. ކުުރުނބާ ފެނުން ހަށިގަނޑުން ގެެއްލޭ އިލެކްޓްރޯލައިޓްސް އާއި އެހެން ފުލުއިޑް އަލުން އިތުުރުކޮށްދެއެވެ.

މުރަނގަފަތް

މުރަނގަފަތަކީ އޭގައި އެންޓި އޯކްސިޑަންޓްގެ މާއްދާވަރަށް ގިނައިން އެކުލެވޭ އެއްޗެއްކެވެ. ހުންއަންނަ ނަމަ މުރަނގަ ފަތްވަރެއް ނެތެވެ. މި ފަތް ކެއްކުމުން ނިއުޓިރިޝަނަނަލް ވެލިއު ދަށްވެއެވެ. މުރަނގަފަތް ކެއުމަށް މިހާރަަކަށް އައިސް މި ފަތުގެ ޕައުޑަރު ބޭނުންކުރެއެވެ. މި ގޮތަށް ޕައުޑަރު ގޮތަށް ހަދާފައިވާ މުރަނގަފަތުގައި 36 އެންޓި އިންފްލެމޭޓަރީ ކޮމްޕައުނޑާއި، 46 އެންޓި އޮކްސިޑެންޑްސް ހިމެނެއެވެ. އަދި މީގައި އަޔަން އަދި ވިޓަމިން ސީ ގެ މާއްދާ ގިނަވުމުން ދިފާއީ ނިޒާމް ވަރުގަދަކޮށްދެއެވެ.