ކުޅިވަރު

ސްޕޯޓްސް ކޯޕަރޭޝަންގެ އެމްޑީއަކަށް މާއްޓޭ

ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް، ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ކޯޗް މައުރޫފް އަހްމަދު (މާއްޓޭ) އައްޔަން ކޮށްފި އެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު އަދާ ކުރި، މާއްޓޭއަކީ، ކުރިން އޭނާ ކުޅުނު ކުލަބު، ވިކްޓަރީ ސްޕޯޓްސް ކުލަބުގެ މިހާރުގެ ވައިސް ޗެއާމަން އެވެ.

ސާފް ގޭމްސްގައި 1992 ވަނަ އަހަރު، ގައުމީ ޓީމުން ރިހި މެޑަލް ހޯދިއިރު މާއްޓޭ އަކީ، އެ ޓީމުގެ ގޯލް ކީޕަރެވެ. ކުޅުން ހުއްޓާލުމަށް ފަހު އޭނާ މަސައްކަތް ކުރީ ކުރިން ރާއްޖޭގައި މަސައްކަތް ކުރި ހަންގޭރީގެ ކޯޗް ލޯޒްލޯ ކިސް އާއެކު ވެލެންސިއާގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގަ އެވެ.

ކޯޗެއްގެ ގޮތުގައި އޭނާ އެންމެ ކާމިޔާބު މަސައްކަތްތަކެއް ކުރީ ވިކްޓަރީގަ އެވެ. އެ ޓީމަށް 12 ވަރަކަށް ތަށި ހޯދައިދިނެވެ. ދެހާސް ހަތް ވަނަ އަހަރަށް ފަހު ކޯޗް ކަމުން ރިޓަޔާ ކުރުމަށް ދެން އޭނާ ހަވާލުވީ އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމާ އެވެ.

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗްކަން ވެސް ކުރިން ކުރި މާއްޓޭ ވަނީ ސްޕޯޓްސް މެނޭޖްމެންޓް އަދި ސްޕޯޓްސް މާކެޓިންއިން ބާސެލޯނާގެ ޔޯހާން ކްރައިފް އިންސްޓްޓިޔުޓުން މާސްޓާސް ހާސިލު ކޮށްފަ އެވެ. މިދިޔަ ދެތިން އަހަރު މާއްޓޭ ހުރީ ޔޫއެންގެ ވަޒީފާއެއްގައި ލ. އަތޮޅުގައި ހިންގި ޕްރްޖެކްޓެއް މެނޭޖް ކުރާށެވެ.