ނޭމާ

ނޭމާގެ ބައްޕަ ޔުވެންޓަސްގެ ޑިރެކްޓަރާ ބައްދަލު ކުރަނީ

ޕީއެސްޖީގެ ބްރެޒިލްގެ ފޯވަޑް، ނޭމާ ޖުނިއާގެ ބައްޕަ ނޭމާ ސީނިއާ ސަންޓޯސް ޔުވެންޓަސްގެ ސްޕޯޓިން ޑިރެކްޓާ ފަބިއޯ ޕެރާޓީޗީ އާ ބައްދަލު ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ

ޕީއެސްޖީ ދޫކޮށްލަން ނޭމާ ބޭނުން ވާކަން ހާމަވެފައިވާ ދަނޑިވަޅެއްގައި، ސަންޓޯސް ޔުވެންޓަސްގެ އޮފިޝަލުންނާ ބައްދަލު ކުރަން ހަމަޖެހުމުން މީޑިއާތަކުން ވަނީ ނޭމާ އާއި ޔުވެސްޓަސް އާ ގުޅުވަން ފަށާފަ އެވެ.

ނޭމާ ގެންދަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ އޭނާގެ ކުރީގެ ކުލަބު ބާސެލޯނާއިންނެވެ. ނަމަވެސް، މިހާރު ކުރިއަށްދާ ހޫނު މޫސުމުގެ ޓްރާންސްފާއިގައި، މިހާރު ވެސް ބާސާއިން ވަނީ 200 މިލިއަން ޔޫރޯއަށް ވުރެ ބޮޑު ހޭދައެއް ކޮށްފަ އެވެ.

ބާސާއިން އޭނާ ގެންދަން ބޭނުންވި ނަމަވެސް، ނޭމާގެ އަގު ދަށް ކުރާކަށް އެ ޓީމުން ބޭނުމެއް ނުވެ އެވެ. ބާސާއަށް މިވަގުތު ބޮޑު ހޭދައެއް ކުރެވެން ނެތުމުން ނޭމާގެ ޓްރާންސްފާ އެހެން ބައެއް ކުލަބުތަކާ ގުޅުވަ އެވެ. އެގޮތުން ޖަރުމަންގެ ބަޔާން މިޔުނިކާއި، އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓަޑްގެ އިތުރުން ޔުވެންޓަސް ވެސް ހިމެނެ އެވެ.