މޯލްޑިވްސް ޕޮލިސް ސާވިސް

ސައިކަލް ވަގަށް ނަގާތީ އޮޕަޜޭޝަނެއް ފަށައި ބަޔަކު ހައްޔަރުކޮށްފި

Jul 18, 2019

މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުން ސައިކަލު ވަގަށް ނަގާ މައްސަލަތައް ހުށަހަޅާ މިންވަރު އިތުރުވާތީ ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މި އޮޕަރޭޝަންގައި މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ވައްކަންކުރާ ފަރާތްތަކަށް ފުރުސަތު ކުޑަކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

ތަފާސް ހިސާބުތަކާއެކު ފުލުހުން ބުނީ މި މަހުގެ އަށް ވަނަ ދުވަހު ފެށިގެން 34 ސައިިކަލު ގެއްލިގެން ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 23 ސައިކަލެއް ހޯދާފައިވާ ކަމަށެވެ.

އެ ސައިކަލުތަކުގެ ތެރެއިން 11 ސައިކަލު ފުލުހުންގެ މަސައްކަތުން ހޯދާފައިވާއިރު 12 ސައިކަލު ހޯދީ އެ ސައިކަލުތަކުގެ ވެރިފަރާތްތަކުންނެވެ. އޮޕަރޭޝަން ފެށުމުގެ ކުރިން ގެއްލިގެން ހުށަހަޅާފައިވާ ނުވަ ސައިކަލެއް ހޯދާފައި ވެއެވެ.

އަދި ބުނީ އޮޕަރޭޝަންގެ ތެރޭ ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.