ހަބަރު

ހުޅުމާލޭގެ ހަ ތަނެއްގައި ވިޔަފާރި ކުރަން ހުޅުވާލައިފި

ހުޅުމާލޭ ސެންޓްރޯ މޯލް އާއި ލަގްޒަރީ ފެންވަރުގެ އެޕާޓްމެންޓްތައް ގާއިމްކޮށްފަވާ ރެނާޓަސް އިތާ މުތް ހިމެނޭ ގޮތަށް އެ ރަށުގެ ހަ ތަނެއްގައި ވިޔަފާރި ކުރަން ފުރުސަތު ހުޅުވާލައިފި އެވެ.

އެޗްޑީސީން އަންގާރަ ދުވަހު ކުރި އިއުލާނެއްގައިވާ ގޮތުން ސެންޓްރޯ މޯލް އާއި ވެއާހައުސް ޝެލް-1 އިން ދެ ތަނެއް ވިޔަފާރިއަށް ހުޅުވާލާފައި ވެއެވެ. ރެނާޓަސް އާއި ކޮމާޝިއަލް ބްލޮކް- އީ އިން ވެސް ވިޔަފާރިއަށް ހުޅުވާލަފައިވެ އެވެ.

ސެންޓްރޯ މޯލް އާއި ވެއާހައުސް ޝެލް-1 އަށް ވިޔަފާރި ކުރަން ފަސް އަހަރުގެ މުއްދަތެއް ދީފަވާއިރު ރެނާޓަސް އިތާ މުތް އާއި ކޮމާޝިއަލް ބްލޮކް-އީ އަށް 10 އަހަރު ދީފައި ވެއެވެ.

މި ތަންތަނުގައި ވިޔަފާރި ކުރަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން މި މަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.