ހަބަރު

ލިކަމެކް ނައިޓް މާކެޓުގެ ސްޓޯލް މިއަދު ދޫކުރަނީ

ލިކަމް ކުންފުނިން މިނިވަން ދުވަހަށް ހާއްސަކޮށް މާލޭގައި ބާއްވާ ނައިޓް މާކެޓުގެ ސްޓޯލް ދޫކުރުން މިއަދު ބްރިޖް ވިއު ޕްލެޓްފޯމްގައި ބާއްވަން ނިންމައިފި އެވެ.

ނައިޓް މާކެޓުގެ ސްޓޯލް ދޫކުރުން ކުރިއަށްދާނީ، ބްރިޖް ވިއު ޕްލެޓްފޯމްގައި މިއަދު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ. މި ފަހަރުގެ ނައިޓް މާކެޓުގައި ޖުމްލަ 230 ސްޓޯލް ދޫކުރަން ހަމަޖެހިފައިވާއިރު ސްޓޯލްތައް ވިއްކަނީ 8،000 ރުފިޔާ އަށެވެ. މި ނައިޓް މާކެޓުގައި ބަހައްޓާނީ 10 ފޫޓުގެ ސްޓޯލް ތަކެކެވެ.

ނައިޓް މާކެޓު އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ބޮޑު ތަކުރުފާނު މަގު ރަސްފަންނު ސަރަހައްދުގައި އެވެ.