ކުޅިވަރު

ގައުމީ ބިލިއަޑް މުބާރާތުގެ ޗެމްޕިއަކަން އަހްސަނަށް

މިދިޔަ އަހަރުގެ ޗެމްޕިއަން ހުސެއިން ފަޔާޒް ބަލިކޮށް ގައުމީ 10 ބޯލް ބިލިއަޑްސް މުބާރާތުގެ ޗެމްޕިއަންކަން އަހުސަން ހާޝިމް ހޯދައިފިއެވެ.

މޯލްޑިވްސް ޕޫލް ބިލިއަޑް އެސޯސިއޭޝަން (އެޕްޕީބީއޭ) ކުލަބު ހައުސްގައި ކުޅުނު ފައިނަލު މެޗު އަހުސަން ކާމިޔާބު ކުރީ ނުވަ ފުރޭމް ހަތް ފްރޭމުންނެވެ. ފިރިހެން ބައިގެ ތިންވަނަ ހޯދާފައިވާ ކުޅުންތެރިއަކީ ހަސަން ޝާޒު މުހައްމަދެވެ.

އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ އާމިނަތު ހަލީމް (ދިލް) އެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ދީނާ އަހުމަދުގެ މައްޗަށް ފަސް ފްރޭމު ތިން ފްރޭމުން ކުރި ހޯދައިގެންނެވެ. މިއީ އެމްޕީބީއޭ އިން އަންހެން ކުޅުންތެރިންނަށް ރޭންކިން ދޭން ފެށި ފުރަތަމަ އަހަރެވެ. މި ރޭންކިން އިން ކުރި ލިބޭ ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތު ލިބިގެންދާނެ ކަމަށް އެ އެޯސިއޭޝަނުން ބުނެ އެވެ. އަންހެން ބައިގެ ތިންވަނަ ހޯދާފައިވަނީ އައިޝަތު ޒީނާ އެވެ.