އެމްއެންޑީއެފް

ހާލު ޖެހުނު ބޭރުގެ ބޯޓަކަށް އެހީތެރިކަންދީފި

މޫސުން ގޯސްވުމާއި ގުޅިގެން ހާލުގައި ޖެހުނު ލަންކާގެ ހަތް ބޯޓަކަށް އެހީތެރިކަން ފޯރުކޮށްދިީފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އިހަވަންދިއްޕޮޅާ ދިމާލުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރު ކުރަމުން ދަނިކޮށް މޫސުން ގޯސްވެ ކޮޅިގަނޑެއްގައި ޖެހުނު ސްރީލަންކާގެ މަސް ބޯޓު ތަކަކަށް އެހީތެރިކަން ދީފައިވާ ކަމަށެވެ.

ލަންކާގެ އެ ބޯޓުތައް ހާލުގައި ޖެހުމުން އެމްއެންޑީއެފްގެ އެހީއަށް އެދިފައިވާތީ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.