ހަބަރު

ބޮޑެތި ޑިސްކައުންޓާއެކު ރެޑްވޭވް ހަފުތާ ސޭލް ފަށައިފި

ރެޑްވޭވް އިން ބޮޑު ޑިސްކައުންޓެއް ދޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"ހަފުތާ ސޭލް" ގެ ނަމުގައި ރެޑްވޭވުން މިއަދު ފެށި ޕްރޮމޯޝަން، މާލެ އާއި ހުޅުމާލޭގައި ހުންނަ ރެޑްވޭވްގެ ހުރިހާ ފިހާރައެއްގައި ކުރިއަށްދާނެ އެވެ. ކޮންމެ ހަފުތާއަކު އާދީއްތަ އިން ބުދައަށް 100 ރުފިޔާއިން މަތީގެ ވިޔަފާރި ކުރާ ކަސްޓަމަރަކަށް ލަކީ ޑްރޯއެއްގައި ބައިވެރިވާން ފުރުސަތު ލިބޭނެ އެވެ.

މި ސޭލްގައި ކޮންމެ ހަފުތާއަކު ފައިސާގެ އިނާމު ލިބޭ ތިން ނަސީބުވެރިން ހޮވާނެ އެވެ. އެއް ވަނައަށް ހޮވޭ ފަރާތަކަށް 5،000 ރުފިޔާ ދޭއިރު ދެވަނަ އަށް ހޮވޭ ނަސީބުވެރިއަކަށް 3،000 ރުފިޔާ ދެއެވެ. އަދި ތިންވަނަ ނަސީބުވެރިއާ އަށް 2،000 ރުފިޔާ ދޭނެ އެވެ.

މި ސޭލްގައި ބޮޑެތި ޑިސްކައުންޓާއެކު ކްލިއަރެންސް ސޭލްތަކެއް ވެސް ކުރިޔަށް ގެންދާނެ އެވެ. މި ހަފުތާގައި 50 ޕަސެންޓް ޑިސްކައުންޓާއެކު އަވަނާއި ތަށި އަގު ހެޔޮކޮށް ލިބޭނެ އެވެ.