ޕާކިސްތާނުގެ އުތުރުގެ ވިލެޖުތަކުގައި ދިރިއުޅޭ މީހުން ފުރަތަމަ ފަހަރަށް ވޯޓު ލައިފި އެވެ. ވިލެޖުތަކުގެ މީހުން ފުރަތަމަ ފަހަރަށް ވޯޓުލީ އާންމު އިންތިހާބުގަ އެވެ.
ޕާކިސްތާނުގެ އުތުރު ވިލެޖުތައް ނޫނީ ފެޑެރަލީ އެޑްމިނިސްޓްރޭޓެޑް ޓްރައިބަލް އޭރިއާސް (ފަޓާ) އަކީ މީގެ އަހަރެއްހާ ދުވަސް ކުރިން އިނގިރޭސީންގެ ގާނޫނު ހިންގަމުން އަންނަ ސަރަހައްދެކެވެ. ނަމަވެސް، ގާނޫނު އަސާސީއަށް ގެނައި އިސްލާހަކާއެކު އެ ސަރަހައްދު ވެސް ޕާކިސްތާނުގެ ގާނޫނުތަކުގެ ތެރެއަށް ގެންދެވުނު ފަހުން، މިއީ އެތަނުގައި ބާއްވާ ފުރަތަމަ ބައި އިލެކްޝަން އެވެ.
މި ސަރަހައްދުގައި ބާއްވާ ބައި އިލެކްޝަންގައި 280 ކެންޑިޑޭޓުން އެކި ދާއިރާތަކުން ވާދަ ކުރެ އެވެ. މީގެ ތެރޭގައި ގިނައީ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނެވެ. ބައި އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 2.7 މީހުން ތިބި ކަމަށް ޕާކިސްތާނުގެ އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ވޯޓު ދިނުމުގެ ކަންތައް ވީހާވެސް އަވަހަކަށް ނިންމުމުގެ ގޮތުން ޕާކިސްތާނުން އިލެކްޝަން ކޮމިޝަނުން ވޯޓުލުން ކުރިއަށްދާ ސަރަހައްދުތަކުގައި 1895 ވޯޓު ފޮށި ބަހައްޓާފަ އެެވެ. އިއްޔެ ކުރިއަށް ގެންދަން ފެށި އިންތިހާބުގެ ވަގުތީ ނަތިއްޖާ މިއަދުގެ ހަވީރަށް ލިބޭނެ ކަމަށް ޕާކިސްތާނުގެ އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ.