ހަބަރު

ހުޅުމާލޭ ރަށު މާރުކޭޓް މި ހަފުތާގަ ހުޅުވަނީ

ހުޅުމާލޭގައި އެޗްޑީސީން ތަރައްގީ ކުރާ ރަށު މާރުކޭޓް މި ހަފުތާ ތެރޭގައި ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

އެޗްޑީސީގެ އެސިސްޓެންޓް ކޮމިއުނިކޭޝަން އޮފިސަރު ފާތުމަތު ނައުފާ ވިދާޅުވީ ރަށު މާރުކޭޓު މި ހަފުތާ ތެރޭގައި ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށާއި މި މަހުގެ ހަތް ވަނަ ދުވަހު ރަށު މާރުކޭޓުގެ ގޮޅިތަކަށް 53 ފަރާތްތަކަށް ކުއްޔަށް ދޭން އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

ރަށު މާރުކޭޓުގައި 57 ގޮޅިއެއް ހިމެނޭ އިރު 37 ގޮޅިއަކީ ޑްރައި ސްޓޯލްތަކެވެ. ބާކީ ހުރި 20 ގޮޅިއަކީ ވެޓް ސްޓޯލްގެ ގޮޅިތަކެވެ. ޑްރައި ސްޓޯލުތަކަކީ ކާބޯތަކެތި ވިއްކުމަށް ހަމަޖައްސާފައިވާ ގޮޅިތަކެވެ. އަދި ވެޓް ސްޓޯލުތަކަކީ ރޯމަސް ވިއްކަން ހަމަޖައްސާފައިވާ ގޮޅިތަކެވެ. މި މާރުކޭޓުގެ ގޮޅިއެއްގެ ބޮޑު މިނުގައި 69 ފޫޓު ހުރެ އެވެ.