މިނިވަން ދުވަސް

މިނިވަން ދުވަހު ރައީސް ގައުމާ މުހާތަބު ކުރައްވާނެ

Jul 21, 2019
3

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދިވެހި ގައުމާ މުހާތަބު ކުރައްވާނެ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ ގައުމާ މުހާތަބު ކުރައްވާނީ މިނިވަންދުވަހުގެ ހެނދުނު 10:00 ޖަހާއިރު ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައިގެނެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް ގައުމާ މުހާތަބު ކުރައްވާއިރު ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލު ކުރެއްވުން، އޮންނާނީ މި މަހުގެ 25 ވަނަ ދުވަހުގެ ރޭގަ ދަރުބާރުގޭގަ އެވެ.