ކުޅިވަރު

ބެޑްމިންޓަން ޓީމުން ބްރޯންޒް މެޑަލް ހޯދައިފި

ޝީޝެލެސްގެ މައްޗަށް 4-1 އިން ކާމިޔާބު ހޯދައި، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓީމު އިވެންޓުން ގައުމީ ފިރިހެން ބެޑްމިންޓަން ޓީމުން ލޯ މެޑަލް ހޯދައިފި އެވެ.

ޝީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ސިންގަލްސް މެޗުން، ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު އަޖުފާން ބަލިވީ، ދެ ސެޓުންނެވެ. ޝީޝެލްސް ކުޅުންތެރިޔާ މެޗު ކާމިޔާބު ކުރީ 21-18 އަދި 21-17 އިންނެވެ.

ސިންގަލްސްގެ ދެ ވަނަ މެޗުގައި، ނާބާލް އަހްމަދު ކާމިޔާބު ކުރި އެވެ. އޭނާ މެޗު ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. މެޗުން މޮޅުވީ 21-16 އަދި 21-17 އިންނެވެ.

ސިންގަލްސްގެ ތިން ވަނަ މެޗުންވެސް ރާއްޖެ މޮޅުވި އެވެ. ނަޝީއު ޝަރަފުއްދީން ޝީޝެލްސް ކުޅުންތެރިޔާއާ ދެކޮޅަށް މެޗު ކާމިޔާބު ކުރީ، 21-17، 13-21 އަދި 25-13 އިންނެވެ.

ޑަބަލްސްގެ ފުރަތަމަ މެޗުގައި މޫސާ ސާމިއު އާއި ނަޝްފާން މުހައްމަދު ކުޅުނު މެޗު ކާމިޔާބު ކުރީ، ތިން ސެޓް އެއް ސެޓުންނެވެ. ފުރަތަމަ ސެޓުން ބަލިވީ 2-25 ންނެވެ. ފަހުން ކުޅުނު ދެ ސެޓް ކާމިޔާބު ކުރީ 21-14 އަދި 21-12 އިންނެވެ.

ޑަބަލްސްގެ ދެ ވަނަ މެޗުގައި، އަޖުފާން އާއި ޝަރަފުއްދީން ކުޅުނު މެޗު ކާމިޔާބު ކުރީ ދެ ސެޓުންނެވެ. އެ ޕެއާ މެޗު ކާމިޔާބު ކުރީ، 21-16 އަދި 21-19 އިންނެވެ.