ކުޅިވަރު

ބީޗް ވޮލީ ޓީމުން ރިހި މެޑަލް ހޯދައިފި

ޝީޝެލްސްގެ މައްޗަށް ސީދާ ދެ ގޭމުން ކާމިޔާބު ހޯދައި، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަ ކުރާ ގައުމީ ބީޗް ވޮލީ ޓީމުން ރިހި މެޑަލް ހޯދައިފި އެވެ.

ފުރަތަމަ ގޭމްގެ ފުރަތަމަ ސެޓް ރާއްޖެއިން ކާމިޔާބު ކުރީ 21-12 އިންނެެ. ދެ ވަނަ ސެޓް ކާމިޔާބު 21-10 ންނެވެ. ދެ ވަނަ ގޭމްގެ ފުރަތަމަ ސެޓް ރާއްޖެއިން ކާމިޔާބު ކުރީ 21-13 އިންނެވެ. ދެ ވަނަ ސެޓް ކާމިޔާބު ކުރީ 21-14 އިންނެވެ.

މިއީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ރާއްޖޭގެ ބީޗު ވޮލީ ޓީމުން ހޯދި އެންމެ ބޮޑު ކާމިޔާބެވެ. މި ފަހަރުގެ ގޭމްސްގައި ރާއްޖެއިން ވަނީ މިހާތަނަށް ތިން މެޑަލް ހޯދާފަ އެވެ.

ގައުމީ އަންހެން ޓީޓީ ޓީމުން ވަނީ އިއްޔެ މުބާރާތް ބާއްވާ ގައުމު މޮރިޝަސް ބަލިކޮށް ރަން މެޑަލް ހޯދާފަ އެވެ. އަދި އިއްޔެ ގައުމީ ފިރިހެން ބެޑްމިންޓަން ޓީމުން ވަނީ ލޯ މެޑަލް ހޯދާފަ އެވެ.