ކުޅިވަރު

ސާއިދު ފައިނަލަށް ދަތުރު ކޮށްފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރުގެ ހީޓް އިވެންޓްގައި ދުވެ ރާއްޖޭގެ އެއް ވަނަ ދުވުންތެރިޔާ ހަސަން ސާއިދު ފައިނަލަށް ދަތުރު ކޮށްފި އެވެ.

އެންމެ ފަހުން ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރުން ރަން މެޑަލް ހޯދި ސާއިދު ވާދަ ކުރާ މި އަހަރުގެ ފައިނަލު މެޗު އޮންނާނީ މިއަދު ހަވިރު އެވެ.

ހީޓްގައި ވާދަކޮށް ސާއިދު ފައިނަލަށް ދަތުރު ކުރީ، ދެ ވަނަ ހޯދައިގެންނެވެ.