ދުނިޔެ

ސީއައިއޭއަށް ޖާސޫސް ކޮށްދިން ބަޔަކު މަރަން އިރާނުން ހުކުމްކޮށްފި

އެމެރިކާގެ ޖާސޫސީ އިދާރާ، ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) އަށް ޖާސޫސް ކޮށްދިން ބައެއް ފަރާތްތައް މަރަން އިރާންގެ ކޯޓަކުން ހުކުމް އިއްވައިފި އެވެ.

އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީގެ ކައުންޓާ އިންޓެލިޖެންސްުގެ އޮފިޝަލަކު ވިދާޅުވީ، ސީއައިއޭ އާއި ގުޅިގެން ޖާސޫސް ކުރުމުގެ ކަންތައްތަކުގައި އުޅުނީ އިރާންގެ 17 މީހަކު ކަމަށެވެ. އޭގެ ތެރެއިން ގައުމަށް ޣައްދާރުވި ބައެއް މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވިއިރު، ދެން ހިމެނޭ ބައެއް މީހުން ދިގު މުއްދަތަކަށް ޖަލަށް ލާން ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ.

"ގައުމަށް ޣައްދާރުވި މީހުން ވަނީ މިހާެރު ޖުޑިޝަރީއާ ހަވާލު ކޮށްފައި. އޭގެ ތެރެއިން ބައެއް މީހުންނަށް ވަނީ މަރުގެ އަދަބު ދީފައި. އަނެއް ބަޔަކަށް ވަނީ ދިގު މުއްދަތުގެ ޖަލު ހުކުމް އިއްވާފައި" އޮފިޝަލް ވިދާޅުވި އެވެ.

އެ އޮފިޝަލް އިތުރަށް ވިދާޅުވީ، އިރާންގައި ހަރަކާތްރެރިވަމުންދިޔަ ސީއައިއޭގެ ޖާސޫސީ ނެޓްވޯޓް މިހާރު އެއްކޮށް ރޫޅާލައިފައިވާ ކަމަށެވެ.

ސީއައިއޭ އަށް ޖާސޫސްކޮށްދިން އިރާންގެ ބަޔަކު މަރަން ހުކުމްކޮށްފައި މިވަނީ ނިއްކްލިއާ އަދި ޓޭންކަރުތަކެއްގެ މައްސަލައިގައި ހަނގުރާމައަށްދާ ފަދައަކުން ބަހުގެ ހަމަލާތައް އިރާނާއި އެމެރިކާއިން ބަދަލު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.