އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޕެރަލިމްޕިކްސްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ މުހައްމަދު މާޒިން ލޯ މެޑަލް ހޯދައިފި އެވެ.
މިއަދު ހަވީރު ބޭއްވި އެ އެ އިވެންޓުން މާޒިން ދިޔައީ ތިން ވަނަ އަށެވެ. ޕެރަލިމްޕްކްސް އަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީ އެވެ.
މާޒިން އަކީ ލޮލަށް ނުފެންނަށް ފަރާތެކެވެ. އަވަސް އަށް 2016 ވަނަ އަހަރު ދީފައިވާ އިންޓަވިއު އެއްގައި މާޒިން ބުނެފައި ވަނީ އޭނާގެ އުންމިދަކީ އިންޓަނޭޝަނަލް މުބާރާތެއްގައި ދުވެ ކާމިޔާބު ހާސިލު ކުރުން ކަމަށެވެ.
މިއަދު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފައިނަލު ދުވެ މާޒިން މި ވަނީ ލޯ މެޑަލް ހޯދައިފި އެވެ.