ކުޅިވަރު

ހުރިހާ މެޗަކުން ބަލިވެ ރާއްޖެ ކަޓައިފި

މިއަދު މޯޔޯޓޭ އާ ދެކޮޅަށް 3-1 ން ބަލިވެ، ކުޅުނު ހުރިހާ މެޗަކުން ވެސް ބަލިވެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަ ކުރަމުން އަންނަ ގައުމީ ފުޓްބޯޅަ ޓީމު މުބާރާތުން ކަޓައިފި އެވެ.

މި މުބާރާތުގައި، ރާއްޖެއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު ކާމިޔާބު ކުރީ، މިއަދު މަޔޯޓޭއާ ދެކޮޅަށެވެ. މަޔޯޓޭއިން ފުރަތަމަ ލީޑް ނަގާފައި ވަނިކޮށް ރާއްޖޭގެ ލަނޑު ކާމިޔާބު ކުރީ، މުހައްމަދު ނާއިމް އެވެ.

ނަތީޖާ ހަމަހަމަ ކޮށްލައިގެން ރާއްޖެއަށް ހިތްހަމަ ޖައްސާލައިގެން އޮވެވުނީ ކުޑަ އިރު ކޮޅަކު އެވެ. އިދިކޮޅުން ރާއްޖޭގެ ހާފުގެ ތެރެއަށް ބޯޅަ ހިފައިގެން ވަން ގޮތަށް ރާއްޖޭގެ ގޯލާ ދިމާލަށް ބޯޅަ ފޮނުވާލައި ލަނޑެއް ވަނީ ކާމިޔާބު ކޮށްފަ އެވެ.

އެ ބޯޅަ ރާއްޖޭގެ ގޯލްތެރެއަށް ފޮނުވާލިއިރު، މެޗުގައި ރާއްޖޭގެ ގޯލް ބެލެހެއްޓި ހުސައިން ޝަރީފް ހުރީ ކުރިއަށް ނުކުމެ އެވެ. މަޔޯޓޭގެ ކުޅުންތެރިޔާ އެބޯޅަ ފޮނުވާލީ ވަރަށް ރަނގަޅަށް ބަލާލާފަ އެވެ.

މަޔޯޓޭގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. މަޔޯޓޭ އަކީ މުބާރާތުގެ އެންމެ ފަހުގެ ރަނަރަފެވެ.