ކުޅިވަރު

އަންހެން ބެޑްމިންޓަން ޓީމަށް ލޯ މެޑަލް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓީމު އިވެންޓުގައި ވާދަ ކުރި ރާއްޖޭގެ އަންހެން ބެޑްމިންޓަން ޓީމުން ލޯ މެޑަލް ހޯދައިފި އެވެ.

އަންހެން ޓީމަށް ލޯ މެޑަލް ލިބުނީ މޮރިޝަސް އާއި ރީޔޫނިއަން އަދި ރާއްޖެ ޕޮއިންޓްގެ ގޮތުން އެއްވަރުވުމުން ވަނަ ކަނޑައެޅުމަށް ސެޓް ގުނައިގެނެވެ.

ރޮބިން ރައުންޑް އުސޫލުން ކުޅުނު ޓީމު އިވެންޓްގައި ތިން ޓީމަށް ވެސް ލިބުނީ ހަ ޕޮއިންޓެވެ. ސެޓް ގުނައިގެން ރާއްޖެ ދިޔައީ ތިން ވަނަ އަށެވެ. އެއް ވަނަ އަށް ގޮސް ރަން މެޑަލް ހޯދީ ރީޔޫނިއަން އެވެ. މުބާރާތް ބާއްވާ ގައުމު މޮރިޝަސްއަށް ލިބުނީ ދެ ވަނަ އެވެ. އެ ޓީމަށް ރިހި މެޑަލް އެވެ.

ފިރިހެން ބެޑްމިންޓަން ޓީމުން ވެސް ވަނީ ލޯ މެޑަލް ހޯދާފަ އެވެ. ގޭމްސްގައި ރާއްޖެއިން ވަނީ މިހާތަނަށް ފަސް މެޑަލް ހޯދާފަ އެވެ. މި އަހަރުގެ ގޭމްސްއަށް ވެސް ރާއްޖެއިން ކަނޑައަޅާފައި ވަނީ 15 މެޑަލަށެވެ.