ހަބަރު

ޑީއާރްޕީގެ ލީޑަރަކަށް ޖާބިރު ހަމަޖައްސައިފި

Jul 23, 2019
2

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ލީޑަރު ކަމުގެ މަގާމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހަމަޖައްސައިފި އެވެ.

އެގޮތަށް ހަމަޖައްސާފައިވަނީ މިރޭ ބޭއްވި ޑީއާރްޕީގެ ކައުންސިލް ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ ގޮތުގައި ހަމަޖެއްސީ ޕާޓީގެ ކުރީގެ ލީޑަރުގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދު (ކާނަލް) އެވެ.

އޭގެ އިތުރުން ޕާޓީގެ ރަޖިސްޓްރާގެ މަގާމަށް ހަމަޖައްސާފައިވަނީ ނިމިދިޔަ މަޖިލީހުގެ މެންބަރު އަދި ޕީޕީއެމްގައި ހުންނެވި އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.

ޖާބިރު، ޑީއާރްޕީގެ ލީޑަރުގެ މަގާމަށް ވަޑައިގެންނެވިއިރު އެ ޕާޓީ ހަރުދަނާ ކުރައްވައި ހިންގަވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ވަރަށް އަވަހަށް މަޖިލީހުގެ އެހެން މެންބަރުން ވެސް ޑީއާރްޕީއަށް ގުޅިވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.