އިލެކްޝަންސް ކޮމިޝަން

ގްރީން ޕާޓީ އުފައްދަން ޖާބިރަށް ހުއްދަ ދީފި

ޖާބިރުގެ ގްރީން ޕާޓީ އޮފް މޯލްޑިވްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދެނީ -- ފޮޓޯ: އިލެކްޝަންސް ކޮމިޝަން
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ "ގްރީން ޕާޓީ އޮފް މޯލްޑިވްސް" (ޖޭޕީއެމް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފި އެވެ.

އެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ މިއަދު އެވެ.

އިލެކްޝަންސް ކޮމިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕާޓީގެ ރަޖިސްޓްރީ ޖާބިރަށް ހަވާލުކޮށް ދެއްވީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބެވެ.

ޖާބިރު އާ ސިޔާސީ ޕާޓީއެއް އުފައްދަވާއިރު ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ލީޑަރުކަމުންނާއި މެންބަރުކަމުން ޖާބިރު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ޖާބިރު ޑީއާރްޕީ އިން އިސްތިއުފާ ދެއްވިއިރު ޑީއާރްޕީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

ޖާބިރު ވަނީ ޖޭޕީގެ އިތުރުން އެމްޑީޕީގައިވެސް އުޅުއްވާފަ އެވެ.

ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ސިޔާސީ ޕާޓީގެ ގާނޫނު ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް ޑީއާރްޕީއަށް ގާނޫނުގެ ދަށުން ދެވުނު ތިން މަސް ދުވަހުގެ މުއްދަތު އޮކްޓޫބަރު 25، 2022 އަށް ހަމަވިއިރު 3،000 މެންބަރުން ޑީއާރްޕީގައި ހަމަވެފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި އެކޮމިޝަނުން ޑީއާރްޕީ އުވާލަން ނިންމީ މި ސަބަބާ ހުރެ އެވެ

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345