ހަބަރު

މާލޭގެ ބައެއް ސަރައްދުތަކުން މިއަދު ކަރަންޓު ކެނޑޭނެ

މާލޭގެ ބައެއް ސަރަހައްދު ތަކުން މިއަދު ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް ކަރަންޓު ކުންފުނި ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯ އިން ބުނީ ހިދުމަތް ބައެއް ސަރަހައްދުތަކުން މިއަދު ކެނޑެނީ ކަރަންޓު ހިދުމަތް ދޭ 8.9 މެގްވޮޓްގެ އިންޖީނަކަށް ދިމާވެފައިވާ މައްސަލައަކާ ގުޅިގެން އެ މައްސަލަތައް ހައްލު ކުރަން މަސައްކަތް ކުރަމުންދާތީ ކަމަށެވެ.

މިއަދު ކަރަންޓުގެ ހިދުމަތް މެދުކެނޑޭނީ މާލޭގެ އެކި ސަރަހައްދު ތަކުން އެކި ގަޑިތަކުގަ އެވެ.