ދުނިޔެ

އިންޑިއާގެ ކުރީގެ ރައީސް އަބްދުލްކަލާމް އަވަހާރަވެއްޖެ

Jul 27, 2015

އިންޑިއާގެ ކުރީެ ރައީސް އަދި އިންޑިއާ ނިއުކްލިއާ ބާރަކަށް ހަދައިދިން ސައިންޓިސްޓް އޭޕީޖޭ އަބްދުލް ކަލާމް ދާދި ދެންމެއަކު އަވަހާރަވެއްޖެ އެވެ.

އިންޑިއާގެ މީޑިއާތަކުން ބުނީ 84 އަހަރުގެ އަބްދުލް ކަލާމް އަވަހާރަވީ މިއަދު ހަވީރު އިންޑިއަން އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް ޝިލޮންގްގައި ބޭއްވި ހަފްލާއެއްގައި ތަގުރީރު ކުރައްވަނިކޮށް ހޭފުޅުނެތިގެން ވެއްޓި ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާދޭން ފެށިތާ މާގިނައިރުތަކެއް ނުވެ އެވެ.

އޭނާ އިންޑިއާގެ ރައީސްކަން ކުރެއްވީ 2002 އިން 2007 އަށެވެ.

އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން ފަސް ދުވަހުގެ މުއްދަތަށް އިންޑިއާގައި ހިތާމަފާޅު ކުރާނެ ކަން ސަރުކާރުން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.