ކުޅިވަރު

200 މީޓަރުގެ ފައިނަލުން ސާއިދު ޖާގަ ހޯދައިފި

މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި، ރާއްޖޭގެ އެއް ވަނަ ދުވުންތެރިޔާ ހަސަން ސާއިދު 200 މީޓަރު ފައިނަލަށް ދަތުރު ކޮްފި އެވެ.

ސާއިދު ވަނީ، 2015 ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފައިނަލަށް ދަތުރުކޮށް، އެ ކެޓަގަރީން ރިހި މެޑަލް ހޯދާފަ އެވެ.

ސާއިދު ފައިނަލަށް ދަތުރު ކުރީ، އޭނާ ދުވި ހީޓުން ތިން ވަނަ ހޯދައިގެންނެވެ. އޭނާ ރޭސް ނިންމީ، 22.28 ސިކުންތުންނެވެ. މިއީ މިއަހަރުގެ ގޭމްސްގައި ސާއިދު ވާދަ ކުރާ ފައިނަލުގެ ދެ ވަނަ އިވެނޓެވެ. ސަތޭކަ މީޓަރު ފައިނަލުގައި އޭނާ ވަނީ ހަތަރު ވަނަ ހޯދާފަ އެވެ.

ސާއިދުގެ ހީޓުން އެއް ވަނަ ހޯދީ، މޮރިޝަސްގެ ޖޮނަތަން ބާޑްޓަރީ އެވެ. އޭނާ ރޭސް ނިންމީ، 22.01 ންނެވެ. ހީޓްގެ ދެ ވަނަ ހޯދީ ޝީޝެލްސްގެ ޝެރީ ޑޮޑިން އެވެ. އޭނާ ރޭސް ނިންމީ 22.20 ސިކުންތުންނެވެ.

ފައިނަލު އޮތީ ރާއްޖޭގަޑިން މިއަދު ހަވީރު 6:10 ގަ އެވެ.