ކޮމަންވެލްތު ޖަމިއްޔާ

ރާއްޖެ ކޮމަންވެލްތާ ގުޅުމުގެ ކަންކަން މިއަހަރު ނިމޭނެ

ރުވާންޑާގައި އަންނަ އަހަރު ބާއްވާ ކޮމަންވެލްތު ގައުމުތަކުގެ ވެރިންގެ ބައްދަލުވުމުގެ ކުރިން ރާއްޖެ އަލުން ކޮމަންވެލްތުގައި ހިމެނުމުގެ ކަންކަން ނިމެނޭ ކަމަށް ކޮމަންވެލްތު އޮފީހުގެ މިނިސްޓަރު އޮފް ސްޓޭޓް ތާރިގް މަހުމޫދު އަހުމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމުގެ ކަންކަން ކުރިޔަށްދާ ގޮތާބެހޭ ގޮތުން އިނގިރޭސި ޕާލަމެންޓްގައި މެމްބަރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ، ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅެން ހުށަހެޅުމަކީ މަރުހަބާ ކިޔާ ކަމެއް ކަަމަށެވެ.

ކޮމަންވެލްތާއި ގުޅުމަށް ރާއްޖެއިން ހުށަހެޅި ހުށަހެޅުމުގެ މަސައްކަތްތައް ކުރިޔަށްދާ ކަމަށާއި، ކިގާލީގައި ބާއްވާ ބައްދަލުވުމުގެ ކުރިން އެ ހުށަހެޅުމާއި ގުޅޭ ކަންކަން ނިމިގެންދާނެ ކަމަށެވެ.

ކޮމަންވެލްތުން ރާއްޖޭގެ ދާހިލީ ކަންކަމާއި ބެހެމުންދާކަމަށް ބުނެ، އެ ޖަމާތުން ރާއްޖެ ވަކިވީ ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެއީ އެ ޖަމާއަރާ ގުޅުނުތާ 34 އަހަރު ފަހުންނެވެ.