މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޝީޝެލްސްގެ މައްޗަށް ކާމިޔާބު ހޯދައި، ބީޗް ވޮލީގެ އިންޑަވިޖުއަލް ކެޓަގަރީން ރާއްޖޭގެ ޝިއުނާޒް އަބްދުލް ވާހީދު އާއި އާދަމް ނަސީމް (އެޑަމް) ލޯ މެޑަލް ހޯދައިފި އެވެ.
ޝީޝެލްސްގެ ދެ ކުޅުންތެރިންގެ މައްޗަށް އެޑަމް އާއި ޝިއުނާޒް ކާމިޔާބު ހޯދީ، ސީދާ ދެ ސެޓުންނެވެ. އެ ދެކުޅުންތެރިން ސެޓްތައް ކާމިޔާބު 21-18 އަދި 21-10 ންނެވެ.
ބީޗް ވޮލީގެ ޓީމު އިވެންޓުން ރާއްޖެއިން ވަނީ ރިހި މެޑަލް ހޯދާފަ އެވެ. އެ ކާމިޔާބުގައި ވެސް ޝިހްނާޒް އާއި އެޑަމްގެ ދައުރު ބޮޑެވެ.
ޓީމު އިވެންޓުންވެސް ރާއްޖެ ރިހި މެޑަލް ހޯދީ ޝީޝެލްސް ބަލި ކުރުމަށް ފަހު އެވެ. އިންޑަވިޖުއަލް އިވެންޓްގެ ފައިނަލުގައި ވާދަ ކުރާނީ މޮރިޝަސް އާއި ރީޔޫނިއަން އެވެ. އެ މެޗުގައި ރާއްޖޭގެ ބީޗް ވޮލީ ރެފްރީ އިސްމާއީލް އަބްދުﷲ (އިންމަ) ރެފްރީކަން ކުރާނެ އެވެ.
ބީޗް ވޮލީން ހޯދި ދެ ވަނަ މެޑައްޔާއެކު މިފަހަރުގެ ގޭމްސްގައި ރާއްޖެއިންވެސް ވަނީ ހަ މެޑަލް ހޯދާފަ އެވެ. އޭގެ ތެރޭގައި ގައުމީ އަންހެން ޓީޓީ ޓީމުން ހޯދި ރަން މެޑަލްވެސް ހިމެނެ އެވެ.