ކުޅިވަރު

ރަން މެޑަލް ރަފާ އަދި ދީމާއަށް، ރިހި މުއިނާ, ޖުމާނާއަށް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ދެ ޕެއާ ވާދަ ކުރި، ފައިނަލު ކާމިޔާބު ކޮށް ހޯދައި ޒުވާން ދެ ޕެއާ އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީ ރަން މެޑަލް ހޯދައިފި އެވެ.

ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ، މުއިނާ މުހައްމަދާއި، ފާތިމަތު ޖޫމާނާ ނިމާލްގެ މައްޗަށް މުބާރާތް ބާއްވާ ގައުމު މޮރިޝަސްއާ ދެކޮޅަށް ވަރުގަދަ މެޗަކުން މޮޅުވެ ފައިނަލުގެ ޖާގަ ހޯދީ ރަފާ އާއި ދީމާ، މެޗު ކާމިޔާބު ހޯދީ ސީދާ ހަތަރު ސެޓުންނެވެ،

ޖުމާނާ އާއި މުއިނާގެ ޕެއާ ފައިނަލަށް ދަތުރު ކުރީ، މަޑަގަސްކަރަ ބަލި ކުރުމަށް ފަހު އެވެ.

އަންހެން ޓީޓީގެ މި ކާމިޔާބާއެކު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އެ ސްކޮޑުން އެކަނި ވަނީ ދެ ރަން މެޑަލް އާއި އެއް ރިހި މެޑަލް ހާސިލު ކޮށްފަ އެވެ.

ޖުމާނާ، މުއިނާ، ރަފާ އަދި ދީމާ އަކީ، ޓީމު އިވެންޓުން ރަން މެޑަލް ހޯދި ހަތަރު ކުޅުންތެރިންނެވެ. މި މުބާރަތަކީ މުއިނާގެ ޓީޓީ ހަޔާތުގައި އޭނާ ކުޅޭ އެންމެ ފަހު މުބާރާތެވެ.

ރަން މެޑަލަކާއި އަދި ރިހި މެޑައްޔާއެކު ރިޓަޔާ ކުރުމަކީ އޭނާ އަށް ވަރަށް ބޮޑު ކާމިޔާބަކަށް ވެގެންދާނެ އެވެ.