ކުޅިވަރު

ނަބީހާ މެޑަލް ކަށަވަރު ކޮށްފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ސިންގަލްސް ސެމީ ފައިނަލުގައި މޮރިޝަސްގެ ކުޅުންތެރިޔާގެ މައްޗަށް ސީދާ ދެ ގޭމުން ކާމިޔާބު ހޯދައި އާމިނަތު ނަބީހާ އަބްދުއްރައްޒާގް ފައިނަލަށް ދަތުރު ކޮށްފި އެވެ.

މުބާރާތް ބާއްވާ ގައުމު މޮރިޝަސްގެ ކުޅުންތެރިޔާ އާ ދެކޮޅަށް ނަބީހާ ކުޅުނު ދެ ސެޓް ވެސް ކާމިޔާބު ކުރީ 21-16 އިންނެވެ. މާދަމާ ކުޅެން ހަމަޖެހިފައިވާ ފައިނަލުގައި ނަބީހާ އާ ދެކޮޅަށް ނުކުންނާނީ ޝީޝެލްސް އިންނެވެ.

މޮރިޝަސް އަކީ، ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިންނަށް ވަރަށް ފަރިތަ ގައުމެކެވެ. ކޮންމެ އަހަރަކު ބާއްވާ، މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒްގައި ރާއްޖޭގެ ކުޅުންތެރިން ވާދަ ކޮށް ކާމިޔާބުތަކެއ ހޯދާ އެވެ.

މި އަހަރު ބޭއްވި މުބާރާތުގައިވެސް، ނަބީހާ އާއި އޭނާގެ އެއްމާބަނޑު ދައްތަ ފަތިމަތު ނަބާހާ އާއެކު ޑަބަލްސް ކެޓަގަރީން ރިހި މެޑަލް ހޯދި އެވެ.

މި އަހަރުގެ ގޭމްސްގައި ޓީމު އިވެންޓުން އަންހެން ޓީމަށް ލޯ މެޑް ހޯދައިދިނުމުގައި ނަބީހާ ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.