ހަބަރު

މާލިޔަތު ގަވާއިދަށް އަހުލުވެރިވަން ތަމްރީނު ދެނީ

ސަރުކާރުގެ މުވައްޒަފުން މާލިޔައްތު ގަވާއިދަށް އަހުލުވެރި ކުރަން ފިނޭންސް މިނިސްޓްރީން ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ.

މި ޕްރޮގްރާމް މިއަދު ފުވައްމުލަކުގައި ފެށި އިރު އެ ރަށުގެ 12 އިދާރާއަކުން 62 މީހަކު ތަމްރީން ޕްރޮގްރާމްގައި ބައިވެރިކޮށްފައި ވެއެވެ.

މި ޕްރޮގްރާމް 14 އަތޮޅެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. ތަމްރީނު ނުހިންގާ އަތޮޅު ތަކުގެ ބައިވެރިން އެހެން އަތޮޅުތަކަށް ގެންގޮސްގެން ތަމްރީނު ދޭނެ އެވެ.