ކުޅިވަރު

ޑަބަލްސް ކެޓަގަރީން ނަބީހާ، ނަބާހާއަށް ރިހި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފައިނަލުގައި، މޮރިޝަސްގެ ޑަބަލްސް ޕެއާ އަތުން ރާއްޖޭގެ އާމިނަތު ނަބީހާ އަބްދު ރައްޒާގް އާއި ފާތިމަތު ނަބާހާ އަބްދު ރައްޒާގް ބަލިވި ނަމަވެސް ރިހި މެޑަލް ހޯދައިފި އެވެ.

މިއީ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ތާރީހްގައި އަންހެން ޑަބަލްސް ބައިން ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. ފައިނަލުގައި ނަބީހާ އާއި ނަބާހާގެ ޕެއާ ދެކޮޅަށް ނުކުތީ، މުބާރާތް ބާއްވާ ގައުމު މޮރިޝަސްގެ އެއް ވަނަ ޕެއާ އެވެ.

މޮރިޝަސްގެ ދެ ކުޅުންތެރިން މެޗު ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. ފުރަތަމަ ސެޓްގައި ނަބީހާ އާއި ނަބާހާ ބަލިވީ 21-18 އިންނެވެ. ދެ ވަނަ ސެޓް ރާއްޖޭގެ ދެ ކުޅުންތެރިން ލީޑްގައި ދެމެހެއްޓިނަމަވެސް ލީޑް ގެއްލުނީ އެންމެ ފަހު ވަގުތުގަ އެވެ. ފަހު ޕޮއިންޓަށް ވެފައި އެއްވައި ރާއްޖޭގެ މި އެއްމާބަނޑު ދެ ޕެއާ ނަތީޖާ ހަމަހަމަވެސް ކުރި އެވެ. މޮރިޝަސްގެ ދެ ޕެއާ މެޗު ކާމިޔާބު ކުރީ 23-12 ންނެވެ.

މިއީ، މިއަހަރުގެ ގޭމްސްގައި ރާއްޖެއިން ހޯދި 13 މެޑަލް އެވެ. ރާއްޖެއަށް އެންމެ ގިނަ މެޑަލް ހޯދައިދިފައި ވަނީ ބެޑްމިންޓަން އިންނެވެ. ބޭޑްމިންޓަން ޓީމުން ފަސް މެޑަލް ހޯދި އެވެ. މިހާތަނަށް ތިން ރަން މެޑަލް ހޯދާފައި ވާއިރު ޓީޓީން ދެ ރަން މެޑަލް ހޯދި އެވެ.

މިއަދު ކުޅުނު ބެޑްމިންޓަންގެ ސިންގަލްސް ފައިނަލު މެޗު ޝިޝެލްސްގެ ޝީޝެލްސްގެ ކެމިލޭ އެލިސަން ބަލިކޮށް ނަބީހާ ވަނީ ރަން މެޑަލް ހާސިލު ކޮށްފަ އެވެ.