ހަބަރު

ފައިމަގުގެ ވަގުތު ހަވީރު 6 އިން މިރޭ 10 އަށް، ދުއްވާ މީހުން އިތުރު

Jul 28, 2015

ދުއްވުން މަނާ ގަޑިތަކުގައި އިންޖީނުލީ އުޅަންދު ދުއްވާ މީހުންގެ އަދަދު 1900 އަށް ވުރެށް ގިނަ ވެއްޖެ ކަމަށް ފުލުހުންގެ އެންމެ ފަހުގެ ރިޕޯޓުތަކުން ދައްކަ އެވެ.

އިއްޔެ ހަވީރު 5:00 އަކުން 8:00 އަކަށް އިންޖީނުލީ އުޅަންދު ތަކަށް ދުއްވުން މަނާ ކޮއްފައިވާ އިރު މީގެ ކުރިން ލައިސަންސް ހިފާއްޓާފައިވާ 16 މީހުނާއި ލައިސެންސް އެއްގޮތަކަށް ވެސް ނެތް 16 މީހަކާއި އަދި ކުޑަކުއްޖަކު އެވަގުތުގައި އެއްގަމު އިނޖީނު އުޅަނު ދުއްވާފައި ވެއެވެ.

ފުލުހުން ގިނަ ބަޔަކަށް ނަސޭހަތްދީ ދޫކޮށްލި ނަމަވެސް ތަކުރާރުކޮށް ދުއްވައިގެން 61 ލައިސެންސް ހިފެހެއްޓި އެވެ. އަދި 94 މީހުނަށް ފިޔަވަޅު އެޅި އެވެ.

މިނިވަން 50 ގެ ހަރަކާތް ތަކުގައި ރައްކާތެރިކަމާއި އެކު ގިނަ ބަޔަކު ބައިވެރި ކުރުމުގެ ގޮތުން ސަރުކާރުން މިއަދު ވެސް ވަނީ ހަވީރު 6:00 އިން ރޭގަނޑު 10:00 އަކަށް މަގުތަކުގައި ދުއްވުން މަނާ ކޮއްފައި ވެއެވެ.