ހަބަރު

ރައީސްގެ ދެ ކަނބަލުން ޕެރޭޑް ބައްލަވާލައިފި

މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ޕެރޭޑް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައްލަވާލައިފި އެވެ.

މިނިވަން ދުވަހުގެ ޕެރޭޑް އޮތީ ސިފައިންގެ ޝަރަފުގެ ހިނގާލުމާއެކު ސްކޫލް ކުދިންގެ ޕްރޭޑް ވެސް ހިމަނައިގެނެވެ. ޕެރޭޑް ފެށީ ހަވީރު 4:30 ގަ އެވެ.

މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމާއެކު ޕެރޭޑްގައި ހިމެނުނު ސިފައިންނާއި ސްކޫލްތައް ވެސް ވަނީ ރައީސް ދިރިއުޅުއްވާ ގެކޮޅު، މުލިއާގެ ކައިރިއަށް މަޑުކޮށްފަ އެވެ.