ސިއްހަތު

ތިން ހޮސްޕިޓަލަކަށް ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަނީ

Jul 28, 2019
1

އަތޮޅުތަކުގެ ތިން ހޮސްޕިޓަލަކަށް ދިވެހި ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަން ފަށައިފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ތިން ހޮސްޕިޓަލަކަށް ބޭނުންވާ ދިވެހި ޑޮކްޓަރުން ހޯދަން އިއުލާންކޮށްފައިވާ ކަމަށެވެ. އެއީ ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި އަދި ގދ. ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށެވެ.

އެ ތިން ހޮސްޕިޓަލަށް 26 ދާއިރާއަކަށް ޑޮކްޓަރުން ހޯދަ އެވެ. އޭގެ ތެރޭގައި ނާރުގެ ޑޮކްޓަރުންނާއި ހޭނައްތާ ޑޮކްޓަރުންނާއި ކަށީގެ ޑޮކްޓަރުންނާއި ދަތުގެ ޑޮކްޓަރުންނާއި، އަންހެނުންނާއި ކުޑަކުދިންގެ ޑޮކްޓަރުން ހިމެނެ އެވެ.

މި ފުރުސަތުތަކުގެ ބޭނުން ހިފާ ފަރާތްތަކުން އެކަމަށް އެދެން އަންނަ އޯގަސްޓް ފަސް ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.