މަގުމަތީގެ އެކްސިޑެންޓް

ކާރު އެކްސިޑެންޓަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ބާރު ސްޕީޑުގައި ކާރެއް ދުއްވަނިކޮށް އޭގެ ކޮންޓްރޯލް ގެއްލި އެކްސިޑެންޓެއް ހިނގައިފި އެވެ. އެހެން ނަމަވެސް ނުރަކާތެެރި އެ އެކިސިޑެންޓްގައި މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 1:00 ޖެހި ވަގުތު ހުޅުމާލޭ ބޯށިމާ ހިނގުމުން ބާރު ސުޕީޑްގައި ދުއްވާފައި ދިޔަ ކާރެއްގެ ކޮންޓްރޯލް ގެއްލި އެމްޑަބްލިއުއެސްސީ ފާރުގައި ޖެހި އެކްސިޑެންޓު ވެފައިވާ ކަމަށެވެ.

އެ އެކްސިޑެންޓް ހިނގި އިރު ކާރު ދުއްވަން އިނީ ދިވެއްސެކެވެ. އޭނާގެ އަތުގައި ލައިސަންސް ނެތުމުން އެކްސިޑެންޓަށްފަހު އޭނާ ވަނީ ހައްޔަރު ކޮށްފަ އެވެ.

އެކްސިޑެންޓާ ގުޅިގެން އެމްޑަބްލިއުއެސްސީގެ ފާރަށާއި ކާރުގެ ކުރީ ކޮޅަށް ބޮޑެތި ގެއްލުން ވެފައި ވެއެވެ.