ހަބަރު

ގައުމީ އިނާމަަށް ނަން ހުށެހެޅުން ބުދަ ދުވަހު ހަމަވާނެ

މި އަހަރު ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 31 ވާ ބުދަ ދުވަހު ހަމަވާނެ އެވެ.

ގައުމީ އިނާމަށް ނަން ށަހަޅާ ފޯމުތައް ފޮނުވަން ޖެހޭނީ ގައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި ރައީސް އޮފީހަށެވެ. ގައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު ރަސްމީ ގަޑީގައި ރައީސް އޮފީހުން ލިބޭނެ އެެވެ. އަދި އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.

މި އަހަރުވެސް ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅެ އެވެ.

މި އަހަރުން ފެށިގެން ގައުމީ އިނާމު ދޭން ހަމަޖައްސާފައި ވަނީ ގައުމީ ދުވަހުގެ ޖަލްސާގަ އެވެ.