ހަބަރު

ފުޅަނދުތައް ހުޅުމާލޭގައި ދައްކާލަނީ

މިނިވަން ދުވަހުގެ މުނާސަބަތުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ފުޅަނދުބުރުގައި ބައިވެރިކުރި ފުޅަނދުތައް މިއަދާއި މިރޭ ހުޅުމާލޭގައި ދައްކާލަން ހަމަޖައްސައިފި އެވެ.

ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، (އެޗްޑީސީ) އިން ބުނި ގޮތުގައި ފުޅަނދުތައް ދައްކާލަން ހަމަޖެހިފައިވަނީ މިއަދު ހަވީރުން ފެށިގެން މިރޭ 10:30 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

މިނިވަން ދުވަހަށް ތައްޔާރު ކުރި ފުޅަނދުތައް އާއްމުކޮށް ދައްކާލުމާއި ފޮޓޯ ނެގުމުގެ ފުރުސަތު ދިނުމުގެ އިންތިޒާމުތައް ވެސް އެޗްޑީސީން ވަނީ ހަމަޖައްސާފަ އެވެ.