ހަބަރު

މިއަދު ހަވީރު ރިންގްރޯޑުގައި ވެހިކަލް ދުއްވުން މަނާ

މާލެ ރިންގް ރޯޑު: މިއަދު ހަވީރު ރިންގް ރޯޑުގައި އެއްގަމު އުޅަނދު ދުއްވުން މަނާ -- މުހައްމަދު އަފްރާޙް | އަވަސް
0%
0%
100%

ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ ދުވަސް ފާހަގަ ކުރަން މިއަދު ހަވީރު މާލެ ވަށައި ބޮޑުތަކުރުފާނު މަގުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން އެ މަގުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައި މިއަދު ހަވީރު 4:30 އިން އިރުއޮއްސި 6:00 އަށެވެ.

އެ ގަޑީގައި ދުއްވަން ހުއްދަ ދީފައިވަނީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އުޅަނދާއި އެމްބިއުލާންސްއާ ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވާ ސައިކަލާއި ހުޅުމާލެއާއި މާލެ ދެމެދުގައި ދަތުރުކުރާ ބަހުގެ އިތުރުން ދުއްވަން ހުއްދަ ދެވޭ އުޅަނދު ތަކަށެވެ.

މި އެންގުމާއި ހިލާފުވާ މީހުންނަށް އެއްގަމު ދަތުރު ފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވެ އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345