ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބ. އަތޮޅަށް ރައީސް ދަތުރުފުޅެއް ފައްޓަވައިފި

Jul 30, 2019
1

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު އެ އަތޮޅުގެ ފެހެންދޫއަށް ވަޑައިގެންފި އެވެ.

މިއަދު ހެނދުނު ރައީސް ފެހެންދުއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް އެރަށުން ހޫނު މަރުޙަބާއެއް ދެންނެވި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ފެހެންދޫގެ ކައުންސިލަރުންނާއި އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާނެ އެވެ. އަދި މި ދަތުރުފުޅުގައި ބ. އަތޮޅުގެ ސިއްހީ ޚިދުމަތަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި އެ ޖަލްސާގައި ވާހަކަފުޅު ދައްކަވާނެ އެވެ.

މި ދަތުރުފުޅުގައި ފެހެންދޫގެ އިތުރުން ފުޅަދޫ އާއި އޭދަފުއްޓާއި ކިހާދޫ އަދި ދޮންފަނަށް ޒިޔާރަތްކުރައްވާނެ އެވެ.