ޝައިހް އިލްޔާސް ހުސައިން

މެލޭޝިއާ އެމްބަސީން އިލްޔާސަށް މަގާމެއް

Jul 30, 2019
2

އާދާލަތު ޕާޓީގެ އިސް މަގާމެއް ފުރުއްވާ ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ހުސެއިނަށް މެލޭޝިއާގައި ހުންނަ އެމްބަސީން ރަމްޒީ މަގާމެއް ހަމަޖައްސައިފި އެވެ.

މުސާރަ އާއި އިނާޔާތް ނުލިބޭ ގޮތަށް މި މަގާމަށް އޭނާ ހަމަޖެއްސެވި އިރު އޭނާއަކީ މިހާރު އާއިލާއެކު މެލޭޝިއާގައި ދިރިއުޅުއްވާ ބޭފުޅެކެވެ. އޭނާާ ހައްޔަން ކުރައްވާފައި ވަނީ އެމްބަސީގެ ކައުންސެލަ ޓް ދަ އެމްބެސެޑަރުގެ މަގާމަށެވެ.

މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރަކީ ކުރީގެ މަޖިލިސް މެންބަރު އަދި ކުރީގެ ސިޔާސީ ލީޑަރު އަހުމަދު ތަސްމީން އަލީގެ އަނބިކަނބަލުން ވިސާމް އަލީ އެވެ. ވިސާމްގެ ކައުންސެލާގެ މަގާމަށް ހަމަޖެއްސެވި އިލްޔާހަކީ ވަރަށް ބޮޑު ދީނީ އިލްމުވެރިއެކެވެ. އަދި އޭނާއަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައި އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރި ކަމަށް ގެނައުމަށް ވަރަށް ގިނަ މަސައްކަތް ކުރެއްވި ބޭފުޅެކެވެ.