މަސްތުވާތަކެތި

ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތި ނައްތާލައިފި

Jul 30, 2019
1

އެކި މައްސަލަތަކުގެ ތެރެއިން ފުލުހުން އަތުލާފައިވާ ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތި ނައްތާލައިފި އެވެ.

ފުލުހުން އަތުލާ ބަނގުރަލާއި މަސްތުވާތަކެއްޗާއް ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލު ކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށް އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުން އެ ތަކެތި ނައްތާލާފައިވަނީ މިއަދު ދޫނިދޫގަ އެވެ.

ނައްތާލާފައި ވަނީ 2011 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި ފުލުހުން ގެންގޮސްފައިވާ ބަނގުރަލާއި މަސްތުވާތަކެއްޗެވެ. އޭގެތެރޭގައި 23 މައްސަލައަކާއި 20 ހާދިސާއެއްގައި އަތުލާފައިވާ 172 ފުޅި ބަނގުރަލާއި 19 ޕެޓް ފުޅި އާއި 112 ބިއަރު ދަޅާއި އެހެނިހެން 20 އައިޓަމެކެވެ. އިތުރުން 25،854.3261 ގްރާމްގެ މަސްތުވާތަކެތި މިއަދު ނައްތާލި އެވެ.