ހަ ކިލޯގެ މަސްތުވާތަކެއްޗާއެކު ޑުރަގްގެ ބޮޑޫ ޑީލަރަކާއި އިތުރު ހަތަރު ދިވެއްސަކު މިއަދު ހައްޔަރުކޮށްފި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއް ކުރައްވައި ވިދާޅުވީ ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމެންޓު ޑިޕާޓްމަންޓުން މިދިއަ ހަފުތާގައި ކުރިއަށް ދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ހަ ކިލޯ ގެ މަސްތުވާތަކެއްޗާއެކު ބޮޑު ޑްރަގް ޑީލަރަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ނަމަވެސް މިކަމާ ގުޅޭ ފަހުން ފުލުހުން ބުނީ ބޮޑު ޑީލަރެއްގެ ގޮތުގައި ލޭބަލްވެފައިވާ އެ މީހާއާއެކު އިތުރު ހަތަރު މީހަކު ހައްޔަރު ކުރި ކަމަށައި އެ މީހުންގެ އަތުލައިގަތް މަސްތުވާތަކެެތީގެ އަދަު ހަ ކިލޯއަށްވުރެ ގިނަ ކަމަށެވެ. އެތަކެތި ބަންދު ކޮށްފައި ހުރީ ހަތަރު ރަބަރުގަނޑެއްގެ ތެރޭގަ އެވެ.
ފުލުހުން ވަނީ މީގެ ކުރިން ރާއްޖެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅުނު އީރާނުގެ ބޯޓަކުން 50 ކިލޯގެ މަސްތުވާތަކެތި ވެސް އަތުލައިގެންފަ އެވެ.