މަސްތުވާތަކެތި

ހަ ކިލޯ މައްސަލައިގެ މީހުނަށް މުއްދަތު ޖަހައިފި

Jul 31, 2019
1

ފުލުހުންގެ އޮޕަރޭޝަންގައި ބޮޑު ޑްރަގު ޑީލަރަކާއެކު އިއްޔެ ހައްޔަރު ކުރި މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ދީފި އެވެ. އޭގެ ތެރޭގައި ބޮޑު ޑީލަރާއެކު ފަސް މީހަކު ހިމެނެ އެވެ.

އެ ފަސް މީހުން އަތުލައިގަނެ ހައްޔަރު ކުރި އިރު އެ އަތުގައި ހަތަރު ރަބަރު ގަނޑެއްގެ ތެރޭގައި ރައްކާކޮށްފައިވާ ހަ ކިލޯގެ މަސްތުވާތަކެތި ހުއްޓެވެ.

ފުުލުހުން ބުނެފައިވާ ގޮތުގައި މުޅިން ދިވެހިން ހިމެނޭ މި މައްސަލާގައި ހިމެނޭ އެންމެން ހައްޔަރު ކުރަން އޮޕަރޭޝަން ފެށި މިދިޔަ ބުރާސްފަތި ދުވަހުއެވެ.