ހަބަރު

ހުޅުމާލެ ބީޗް ސަރަހައްދުގައި ޓޭޕް ދަމާ ބަންދުކޮށްފި

ހުޅުމާލެ ބީޗް ފްރޮންޓް ސަރަހައްދުގައި ހުރި ކެފޭތައް ނުނެގުމުން އެޗްޑީސީން މިއަދު އެ ސަރަހައްދުގައި ޓޭޕް ޖަހާ ބަންދުކޮށްފި އެވެ

ކެފޭތަކަށް ނުވަދެވޭ ގޮތަށް ޓޭޕް ޖެހުމަށްފަހު ކުރި އިއުލާނުގައި ބުނެފައި ވަނީ މިއަދު މެންދުރުފަހު 3:00 ގެ ކުރިން ބީޗް ސަރަހައްދު ހުސް ނުކުރާނަމަ އެޗްޑީސީން އެތަނުގައި ހުރި ތަކެތި ނަގާ ސާފު ކުރާނެ ކަމަށެވެ. އަދި ބީޗް ސަރަހައްދުގެ ތަކެތި ނަގާ ސާފު ކުރުމުގައި މުދަލަކަށް ލިބޭ ގެއްލުމަށް އެޗްޑީސީން ޒިންމާ ނުނަގާނެ ކަމަށެވެ.

އެޗްޑީސީން ބީޗް ސަރަހައްދު ހުސްކުރަން ނިންމީ އެމްޑަބްލިއުއެސްސީން އެ ސަރަހައްދުގައި ނަރުދަމާގެ މަސައްކަތް ކުރުމަށެވެ. އެޗްޑީސީން މީގެ ކުރިން ވެސް ވަނީ އެ ތަން ހުސްކުރަން އަންގާފަ އެވެ.